Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

ގެއްލުނު ޒަކަރިއްޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ޑިންގީއެއްގައި އެކަނި ނުކުމެ އުޅެނިކޮށް ކަނޑަށް ގެއްލުނު ދުވަސްވީ މީހާ މަރުވެ، ލައްގާފައި އޮއްވައި ފެނިއްޖެ އެވެ.

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މީހާ އަކީ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދެވެ.

އޭނަގެ ހަށިގަނޑު ލައްގާފައި އޮއްވައި ފެނުނީ ގަމު ގޮނޑުދޮށުންނެވެ. ފުލުހުން ވަނީ މިހާރު ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ.

ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ގައްދު އާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން އޭނާގެ ދަތުރުކުރި ޑިންގީ އިއްޔެ ފެނިފައިވެ އެވެ.