Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

އިތުރަށް ދައްކަން ޖެހޭ ފައިސާ އަށް ހުޅުވާލައިފި

ސަރުކާރުގެ އެހީގައި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުން އިތުރަށް ދައްކަން ޖެހޭ ޓެކްސް ފައިސާ އަށް އެދުމުގެ ފުރުސަތު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި ލިންކް forms.gle/LHwgjTf2V5ZBRAuv5 މެދުވެރިކޮށް ފައިސާ އަށް ހުށަހެޅުމުން އެ ފައިސާ ދަރިވަރުންގެ ލޯނުގެ ލޯނުގެ ތެރޭގައި ހިމަނައި ދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ސްކޮލާޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން އެ ދަރިވަރަކު ކިޔަވާ ޔުނިވާސިޓީ/އިންސްޓިޓިއުޓްގެ ފަރާތުން މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި، އެ ޓެކްސް ހިމެނުމުން އެ ފައިސާ ދައްކަމުންދާ ގޮތަށް އެ ފައިސާގެ އަދަދު ހިމަނައިގެން ފައިސާ ދެއްކުމަށް ހަމަޖެހިފައިވެ އެވެ.

މި މަހުގެ 1 އިން ފެށިގެން މެލޭޝިއާ އިން ވަނީ އެ ގައުމުގައި ކިޔަވާ ބިދޭސީ ދަރިވަރުންގެ އަތުން 6 ޕަސެންޓްގެ ޓެކްހެއް ނަގަން ނިންމައިފަ އެވެ.

އެގޮތުން ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ނަގާ އަމިއްލަ ތައުލީމީ މަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭ ނަމަ، އެ ޓެކުހަށް ރެޖިސްޓަ ކުރަން ޖެހޭނެ އެވެ.