އއ. މާޅޮހުގައި މަރާލާފައި އޮއްވާ ފެނުނު އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގުން ނިންމާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާ ތަހުގީގު ކުރަން މާލެއިން ވެސް ޓީމެއް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ގެންދަނީ މާޅޮހަށް އަރައި ފައިބާ މީހުން މޮނީޓާ ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި އަބްދުއްރަހުމާން މަރުވީ ރޭ މެންދަމު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އޭނަ އަށް ދިން ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ބޮލަށް ކަމަށް އެނގިފައިވެ އެވެ.