Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު މީޑިއާތަކަށް ހުޅުވާލައިފި އެވެ.

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 31 ގެ ނިޔަލަށެވެ.

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދެ ކެޓަގަރީއަކުންނެވެ. އެއީ ނޫސްމަޖައްލާ ކެޓަގަރީ އަދި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއިންނެވެ. އަދި 14 ދާއިރާއަކުން އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިނާމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ވެސް ވަނީ އާންމު ކޮށްފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، އެމްއެމްސީގެ 3003995 ނުވަތަ 7967919 ނަންބަރު ފޯނުން ލިބޭނެ އެވެ.