Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

އައިޖީއެމްއެޗްގެ މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފި

އައިޖީއެމްއެޗްގައި ހަދާފައިވާ މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ މިސްކިތް ވަގުތީ ގޮތުން ބަންދުކުރީ މިހާރު އެތަނުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ ކަމަށެވެ.

އެހެންވެ އެ މަސައްކަތް ނިމެންދެން އައިޖީއެމްއެޗްގައި ނަމާދު ކުރަން، ކުރިން ބޭނުން ކުރަމުން ދިޔަ ތަނާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ފަަސް ވަނަ ބުރީގައި ހުންނަ ނަމާދު ކޮޓަރި ބޭނުން ކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލްގައި ކުރިން ހުރި މިސްކިތް ބަންދުކޮށްފައި ހުންނަތާ ފަސް އަހަރު ފަހުން އެތަން މަރާމާތުކޮށް އަލުން ހުޅުވީ މިދިޔަ އަހަރުގެ މާޗް 10 ގަ އެވެ. އެއީ އެއްފަހަރާ 100 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ވަރުގެ މިސްކިތެކެވެ.