ގދ. ނަޑެއްލާގެ އާ ބަނދަރު ހަދަން ބަޔަކާ މިއަދު ވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މަޝްރޫއު ހަވާލުކުރީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ހެވީ ފޯސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒަމީރެވެ.
ނަޑެއްލާގެ އާ ބަނދަރު މަޝްރޫޢު ދަށުން 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 105 މީޓަރުގެ ނެރުފައިކަށި ޖެހުމާއި 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުން އަދި ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެ އެވެ. މީގެ އިތުރުން 534 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި 534 މީޓަރުގެ ސްކަވަރިން އޭޕްރަން ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމާއި 11 މީޓަރު 11 މީޓަރުގެ ރޭމްޕެއް ހެދުމާއި ހަ ނެރު ބައްތި ޖެހުމާއި އަދި 18 ބަނދަރު ބައްތި ޖެހުމާއި 2،660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުން ހިމެނެ އެވެ.
މި މަސައްކަތް ހެވީ ފޯސްއާ ޙަވާލުކުރީ މަސައްކަތް ފަށާތާ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 78.65 މިލިއަން ރުފިޔާއަށެވެ.