ތިނަދޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މިއަދު ހަވީރު 5:30 އެހާކަށްހާ އިރު ދެ ސައިކަލް ޖެހި ގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކަށް ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، އެކަކެއްގެ ހާލު ސީރިއަސް ކަމަށް އެނގިފައިވެ އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ މަގުގެ ދެކޮޅުން ދުއްވާފައި ދިޔަ ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލު ބާރު ސްޕީޑްގައި ދުއްވަމުން ގޮސް ގޯޅިއެއް އަޅަން އުޅުމުގެ ތެރޭގައި އަނެއް ސައިކަލާ ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ތިނަދޫގައި މިދިޔަ މަހުގެ 27 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 31 އަހަރުގެ އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 10 ގައި މަރުވެފައިވެ އެވެ.