Last Updated: July 16, 13:28
Wednesday, July 16, 2025
ޚަބަރު

އެކްސިޑެންޓެއް، 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ 8:30 ހާއިރެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖަކު މަރުވެފައިވާއިރު، އިތުރު ދެ މީހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެއީ 16 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ މީހެކެވެ. އެ ދެ މީހުންނަށް އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ 16 އަހަރުގެ ކުއްޖާ އާއި މަރުވި 17 އަހަރުގެ ކުއްޖާއަކީ ސައިކަލުގައި ތިބި ދެ ކުދިން ކަމަށެވެ.

މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.