މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑުގެ ނަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އަށް ބަދަލުކޮށްފި އެވެ.
މި ބަދަލު ގެނެސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ.
އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ އިގުތިސާދުގެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކުންފުންޏެވެ.
އެމްއެމްޕީއާރްސީގެ ނަން ކިލަނބުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި ބޮޑު ހިޔާނާތާއި ގުޅިގެންނެވެ. އެ ކުންފުނީގެ ހިޔާނާތް 3.2 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑެވެ. މި ހިޔާނާތުގެ މުގުލުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޒިޔަތު ހިމެނެ އެވެ.
އެ ހިޔާނާތާ ގުޅިގެން އެ މީހުންނަށް އިއްވާފައިވާ ހުކުމުން އެ މީހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް ވަނީ މާފު ދެއްވައި މިނިވަންކޮށްފަ އެވެ. އެއާ އެކީ އަދީބު ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ.