ޓޫރިޒަމް ދާއިރާ އިން މީހުން ބިނާކުރަން މެރިއޮޓް އިންޓަނޭޝަނަލް އިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތިން ވަނަ ފަށައިފި އެވެ.
ޔޫތު މިނިސްޓްރީން ހިންގަމުން އަންނަ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ފެށި މެރިއޮޓްގެ ތިން ވަނަ ބެޗްގައި 73 ޒުވާނުން ބައިވެރިވެ އެވެ. މި ބެޗް ފެށީ ރާއްޖޭގެ އެކި ހިސާުބުތަކުގައި އޯޕަންޑޭތަކެއް ބާއްވައި، ބައިވެެެރިންތަކެއް ނެގުމަށް ފަހު އެވެ.
މެރިއޮޓް އިންޓަނޭޝަނަލްގެ އެފްރެންޓިސްޝިޕްގެ ތިން ވަނަ ބެޗް ފެށީ އިއްޔެ ޝެރަޓޮން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ފުރަތަމަ ބެޗްގެ ބައިވެރިން މާޗް މަހުގެ ތެރޭގައި 43 ޒުވާނުން ގްރެޖުއޭޓުވިއިރު، ދެވަނަ ބެޗުގައި 32 ޒުވާނުން ވަނީގެ އެޕްރީލް މަހުގެ ތެރޭގައި ގްރެޖުއޭޓުވެފައިވެ އެވެ.
ގްރެޖުއޭޓުވާ ޒުވާނުންނަށް އެމްއެންއެސްޑީއޭ އިން ނެޝަނަލް ސެޓްފިކެޓް އެމްއެންކިއުއެފް ލެވެލް 3 ލިބިގެންދެ އެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދަނީ މައިގަނޑު ހަ ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެ އެވެ.