Last Updated: July 16, 12:04
Wednesday, July 16, 2025
ޚަބަރު

އުރީދޫން 4 ވަނަ އުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ލިވް އަންލިމިޓެޑް ކެމްޕެއިންގެ ހަތަރު ވަނަ އުމްރާ ދަތުރު ލިބުނު ނަސީބުވެރިޔާ ހޮވައިފި އެވެ.

މި ފަހަރުގެ ނަސީބުވެރިޔަކީ ޅ. ހިންނަވަރު, އީސާ އަލިފުޅެވެ. އޭނަގެ ފަރާތުން އިނާމާ އިއްޔެ ހަވާލުވީ އާމިނަތު ޝައްފާ އަބްދުالله ޝަފީއު އެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ ބައިތައް:

* ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް
* ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު.
* ގްރޭންޑް ޕްރައިޒްއަކަށް ދެ މީހަކަށް ހައްޖު ދަތުރެއް

ޕްރޮމޯޝަންގައި ބައިވެރިވެވޭ ގޮތް:

* ކަސްޓަމަރުން މަ 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން
* އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުން ކުރުމަށް 400ރ. އިން މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން
* ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ލަކީޑްރޯށް ޝަރުތު ހަމަވުން

ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު އުރީދޫގެ ސޯޝަލް މީޑިއާ އާއި ވެބްސައިޓުން ލިބޭނެ އެވެ.