Last Updated: July 15, 13:38
Tuesday, July 15, 2025
ދުނިޔެ

ދެކުނު އެފްރިކާގެ ޕޮލިސް މިނިސްޓަރު ސަސްޕެންޑްކޮށްފި

ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގައި ދެކުނު އެފްރިކާގެ ޕޮލިސް މިނިސްޓަރު އެޑްވަޑް ސެންޒޯ އެމްޗޫނޫގެ އަތެއްވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނަ މަގާމުން ސަސްޕެންޑްކޮށްފި އެވެ.

މިނިސްޓަރު ސަސްޕެންޑް ކުރެއްވިކަން ރައީސް، ސައިރިލް ރަމަފޯސާ އިއްޔެ ލައިވް ޓީވީގައި ދެއްވި ތަގުރީރެއްގައި އިއުލާން ކުރައްވައި ވިދާޅުވީ ޕޮލިސް މިނިސްޓަރުގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކާ ގުޅިގެން އޭނަ ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ޕޮލިސް މިނިސްޓަރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ގައުމުގެ ސަލާމަތަށް ވެސް އޮތް ނުރައްކަލެއް ކަމަށާއި އޭނަގެ މައޗަށް ކުރެވޭ ތުހުމަތުތައް ބަލަން ޖުޑިޝަލް ކޮމިޝަނެއް ވެސް އުފައްދާފައިވާ ކަމަށެވެ.

އެ ކޮމިޝަންގެ އިސްވެރިޔަކަށް އަައްޔަންކޮށްފައި ވަނީ ދެކުނު އެފްރިކާގެ އުއްތަމަަފަނޑިޔާރުގެ ނައިބެވެ.

މަގާމުން ސަސްޕެންޑް ކުރުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އޭނަގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި މަގާމުގެ މަސްއޫލިއްޔަތު ވސް ވަރަށް ފުރިހަމަ އަދާ ކުރައްވަމުން ގެންގޮސްފައިވާ ކަމަށެވެ

ޕޮލިސް މިނިސްޓަރުގެ މައްޗަށް ކުރެވޭ ތުހުމަތަކުގައި ތެރޭގައި މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ތަހުގީގުތަކަށް ނުފޫޒު ފޯރުޗަން އުޅުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ހިމެނެ އެވެ.

އެމްޗޫނޫ، 67، ޕޮލިސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖުލައި 3 ގަ އެވެ.