Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

މަގޫދޫ އެއާޕޯޓަށް ގެއްލުންތަކެއް ދީފި

ފ. މަގޫދޫގައި ހަދަމުން އަންނަ އެއާޕޯޓުގެ ފަޔާ ސްޓޭޝަން އިމާރާތަށް ގެއްލުންތަކެއް ދީފި އެވެ.

އެ މައްސަލަ މަގޫދޫ ކައުންސިލާއި އެމްޓީސީސީ މަގޫދޫ ސައިޓުން ފުލުހުންނަށް މިއަދު ހުށަހެޅުމާ ގުޅިގެން އެކަން ބަލަމިން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މަގޫދޫ އެއާޕޯޓުގެ ފަޔާ ސްޓޭޝަނަށް ގެއްލުންތަކެއް ދިނީ މީގެ ދެ ދުވަސް ކުރިންނެވެ. އެގޮތުން
އެ އިމާރާތުގެ ކުޑަދޮރުތަކުގައި ޖަހާފައިވާ ބިއްލޫރިތައް ތަޅާލައި ސީލިންގު ފަޅާލައި އެތެރޭގައި ހުރި ގޮނޑިއެއްގައި ރޯ ވެސް ކޮށްލާފައިވެ އެވެ.

މިކަމެއް ހިނގި އިރު، ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު އެއާޕޯޓަކު ނެތެވެ.

މަގޫދޫ އެއާޕޯޓް ހަދަން އެމްޓީސީސީއާ ހަވާލުކުރީ އޮކްޓޯބަރު 19، 2022 ގަ އެވެ. މިއީ ޖުމްލަ 231 މިލިއަން ރުފިޔާގެ

ނަމަވެސް އެ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައިވާތީ އެކި ފަހަރު މަތިން މަގޫދޫ ރައްޔިތުން މުޒާހަރާ ވެސްކޮށްފައިވެ އެވެ.