Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އެމްއެންޑީއެފް އިން ބާއްވާ ކުޑަކުދިންގެ ހަވީރެއް މިއަދު ހިތަދޫގައި !

އެމްއެންޑީއެފުން މީގެ ކުރިން ބޭއްވި ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން. ފޮޓޯ: އިބްރާހިމް ޒުހުރީ

ނަސްރުގެ ދުވަހާ ގުޅުވައިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ބާއްވާ ކުޑަކުދިންގެ ހަވީރެއް މިއަދު އޮންނާނެއެވެ.

“އޯޕަމްޑޭ” ގެ ނަމުގައި ބާއްވާ މި ހަވީރު އޮންނާނީ އައްޑޫ ސިޓީ ހިތަދޫ ބަނދަރު ސަރަހައްދުގައެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ “ކުޑަކުދިންގެ ހަވީރު” ފަށާނީ މިއަދު ހަވީރު ހަތަރެއްޖަހާއިރު އެވެ.

މި ހަވީރުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް “ޝަހީދު އަލީ” އާންމުންނަށް ދައްކާލުން އޮންނާނެ އެވެ. އަދިި ސިފައިންގެ ބައެއް ޔުނީފޯމާއެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އޭގެ އިތުރަށް ސިފައިން ބޭނުންކުރާ ބައެއް ވެހިކަލްތައް ދައްކާލުމާއި ބައެއް ހަތިޔާރުވެސް ދައްކާލުން އޮންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި ނޮދަން އޭރިއާއައި، ސަދަން އޭރިއާގެ ސިފައިންގެ ދުވުމެއް ވެސް ވަނީ ބާއްވާފައި ވާއިރު މްއެންޑީއެފްގެ ހުރިހާ އޭރިއާތަކެއްގައި ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަށްފަހު ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.