Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

މޯލްޑިވްސް ސްޕެކްސް 2030 އިފުތިތާޙްކޮށްފި

ލޮލުގެ ސިއްޙަތުގެ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ލަނޑުދަނޑިތަށް ހާސިލްކުރުމުގެ މަގުޗާޓް "މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ހުޅުމާލެ ވޯޓާ އެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިނީޝިއޭޓިވް އިފްތިތާޙުކޮށް ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްޙަތު ޖައްމިޔާއިން ރާއްޖެ އަށް ކަނޑައަޅުވައިފައިވާ މަންދޫބް ޕޭޑެން އާއި ހެލްތު މިނިސްތްރީގެ އިސްވެރިންނާއި މާލެ ސަރައްހަދުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

"ސްޕެކްސް 2030 އިނީޝިއޭޓިވް އަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އެކަށީގެންވާ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ލިބޭނެ ގޮތް ހޯދާދިނުމަށް ދުނިޔޭގެ ސިއްހަތު ޖައްމުޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ އިނީޝިއޭޓިވްއެކެވެ.

މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) އަށް ވާސިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މުހިއްމު ކަމެކެވެ. މި އިނީޝިއޭޓިވްގެ މަޤްސަދަކީ ގައުމީ ފެންވަރުގައި ލޮލުގެ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށް ދިނުމުގެ ކަންތައްތައް ހަރުދަނާކޮށް، ލޮލުގެ ފެނުމުގެ ދުޅަހެޔޮކަން ކަށަވަރުކޮށް ދިނުމެވެ.

"މޯލްޑިވްސް ސްޕެކްސް 2030 ގެ ސަބަބުން ރާއްޖޭގައި ލޮލުގެ ސިއްޙަތު ރައްކާތެރި ކުރުމަށް ބޭނުންވާ ކަންކަން މަގުފަހިވެ، އެންމެންނަށް ފަސޭހައިން ލޮލުގެ ޚިދުމަތްތައް ލިބޭނެ ގޮތް ފަހިވެގެންދާނެ އެވެ.

މި އިނީޝިއޭޓިވްގެ ތެރެއިން ރާއްޖޭގައި ލޮލުގެ ސިއްޙަތާއި ގުޅޭ ސްޓެރެޓެޖީއެއް މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއާ ގުޅިގެން އެކުލަވާލެވިގެން ދާނެ އެވެ. އަދި މި ސްޓްރެޓެޖީ އެކުލަވާލެވިގެން ދާނީ ލޮލުގެ ސިއްޙަތާ ބެހޭ މަޢުލޫމާތާއި، ސްޓްރެޓެޖިކް ޕްލޭނިންގ ޓޫލްސް، އަދި ކަމާ ގުޅޭ ފަރާތްތަކެއްގެ ބައިވެރިވުމާއެކުގަ އެވެ. ލޮލުގެ ސިއްޙަތާ ގުޅޭ އައި ކެއާ ސިޗުއޭޝަން އެނަލިސިސް ޓޫލް (އީސީއެސްއޭޓީ) ބޭނުންކޮށްގެން، ރާއްޖޭގައި މިހާރު ލޮލުގެ ސިއްޙަތާ ގުޅޭ ޚިދުމަތްތައް ދެވޭ ގޮތް ވަޒަންކޮށް، ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެވިގެންދާނެ އެވެ.

މި ރަސްމިއްޔާތުގެ ފަހުން، ގްރޭޓަ މާލެ ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ ފަންނީ މާހިރުންނާއި ލޮލުގެ ޑޮކްޓަރުންނާއެކު ތިން ދުވަހުގެ ޓެކްނިކަލް ވޯކްޝޮޕެއް ބާއްވަން ހަމަޖެހިފައިވެ އެވެ. މި ވޯކްޝޮޕްގައި ސްޓްރެޓެޖީ އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން އަތޮޅުތަކަށް މިޝަން ފީލްޑް ދަތުރުތަކެއް ވެސް ރޭވިފައިވެ އެވެ.