Last Updated: July 3, 11:07
Friday, July 3, 2026
ކުޅިވަރު

"އަލިކެފޭ ސްޓްރީޓް ސޮކަ 2013" ގެ ފައިނަލް މިރޭ

"އަލިކެފޭ ސްޓްރީޓް ސޮކަ 2013" ގެ ފައިނަލް މިރޭ ކުޅޭނެ އެވެ.

މިރޭ ކުޅޭ ފައިނަލް މެޗްގައި ބައްދަލުކުރާނީ މަރަދޫ ފޭދޫ ޓީމާއި ފްރަންޑްސް ކްލަބެވެ.

ސެމީގެ ފުރަތަމަ މެޗްގައި އެސްއެމްޓީ އާއި ބައްދަލުކޮށް ފްރެންޑްސް ކްލަބް މޮޅުވީ 1-0 ލަޑުންނެވެ. މަރަދޫ ފޭދޫ ޓީމާއި އެފްއާރްޓީ ބައްދަލު ކުރި މެޗްވެސް ނިމުނީ 1-0 ލަނޑުން މަރަދޫ ފޭދޫ މޮޅުވެގެންނެވެ.

މުބާރާތުގެ ފައިނަލް މެޗްގެ ކުރިން ރާއްޖޭގެ ފްރީސްޓައިލް ޗެމްޕިއަން ސައިފްގެ ހުނަރު ދައްކާލުން އޮންނާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފޭދޫ ސްޕޯޓްސް ކްލަބުން މައުލޫމާތުދެއެވެ.

ސޯޅަ ޓީމް ވާދަ ކުރި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 30،000ރ. އަދި ރަނައަޕް ޓީމަށް ރ. ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގްލޯބަލް ލިންކްސް އިން އެތެރެކޮށް މާކެޓް ކުރާ "އަލިކެފޭ" ކޮފީ އެވެ. ކޯ-ސްޕޮންސަރުންނަކީ ޔަމަހާ މޮޓޯސް އަދި ޝަންގްރިއްލާ އެވެ.