އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ފޮނުވި ބުނީ ހެނދުނު 10:10 ހާއިރު އެމަޖެންސީކޮށް އައިޖީއެމްއެޗްއަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހަކު ހޮސްޕިޓަލުގައި މަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މަރުވެފައި ވަނީ މއ. ސައިނޯސާ، މުހައްމަދު ރަޝީދު، 43، އެވެ. އޭނަ ހޮސްޕިޓަލަށް ގެންދިޔައީ ގޭގެ ކޮޓަރި ތެރޭގައި ވެއްޓިފައި އޮއްވައި ފެނިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރަޝީދުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަ ނެތް ކަމަށާއި އެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.