Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ތައުލީމީ ދާއިރާ ކުރިއަރުވަން ސައުދީއާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވަން ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ރާއްޖެ އާއި ސައުދީ ގުޅިގެން ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އައު ސަފީރު ކަނޑައެޅުއްވީ މިމަހުގެ ހަ ވަަނަ ދުވަހު އެވެ. ރާއްޖެ އާއި ސައުދީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.