Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ފީނަން ގޮސް އުޅުނު ކުއްޖަކު މަރުވެއްޖެ

އދ. މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅުނު 15 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލައެއް މިރޭ 19:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފާއި ރަށު ރައްޔިތުން ކުރި އެވެ.

އެ މަސައްކަތުން މިރޭ އެ ކުއްޖާ ފެނުނީ މާމިގިލީ ބޭރުން ކަމަށާއި ކުއްޖާ ގެންދިޔައީ މާމިގިލީ ސިއްހީ މަރުކަޒަށް ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.