Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ބްރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުލެއާއި ހުޅުމާލެއާއި ދެމެދު އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް މިރޭ 22:49 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އޯވަޓޭކް ކުރަނިކޮށް ސައިކަލުގައި ޖެހިގެން ކަމަށާއި މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.