Last Updated: July 17, 23:49
Thursday, July 17, 2025
މުނިފޫހިފިލުވުން

ޖޯންގެ ފިލްމެއް އަލަށް ޑިޖިޓަލް ޕްރީމިއާއަކަށް

ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމްގެ ޖިއޯޕޮލިޓިކަލް ތުރިލާ "ތެހެރާން" ސިނާމަތަކަށް ގެނައުމުގެ ބަދަލުގައި އަންނަ މަހު ސްޓްރީމިން ޕްލެޓްފޯމަކުން ޕްރީމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާފައިވާ ފިލްމު އަންނަ މަހުގެ 15 ގައި ބެލުންތެރިންނަށް ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު އެކަން އަދި ރަސްމީކޮށް އިއުލާން ނުކުރާތީ ތާރީހާއި ޕްރީމިއާ ކުރާނެ ޕްލެޓްފޯމެއް އަދި ކަށަވަރު ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

"ތެހެރާން" ވާނީ ސިނަމާތަކަށް ނުގެނެސް ޑިޖިޓަލް ޕްރީމިއާއަކަށްދާ ޖޯން ކުޅެފައިވާ ފުރަތަމަ ފިލްމަށެވެ.

ދެހާސް ބާވީހުގެ ޖުލައި މަހުގެ ތެރޭގައި ޝޫޓިން ފެށި މި ފިލްމަކީ އަރޫން ގޯޕަލަންގެ ޑައިރެކްޝަނެކެވެ. "ތެހެރާން" ގެ ބަތަލާ އަކީ މި މަހުގެ 11 ގައި ރިލީޒްކުރި ރާޖްކުމާރު ރާއޯ ގޭންގްސްޓާ ފިލްމު "މާލިކް" ގެ ވެސް ބަތަލާގެ ރޯލު ކުޅެފައިވާ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ. އަދި މިއީ ޖޯންއާ އެކު އޭނަ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

ޖޯންގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކުރި ޕޮލިޓިކަލް ތުރިލާ "ދަ ޑިޕްލޮމެޓް" އެވެ.