Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

ކަނޑިއެއް ގެންގުޅުނު ބަޔަކު ހައްޔަރުކޮށްފި

އާންމު ތަނެއްގައި ކަނޑިއަކާއި ވަޅިއެއް ގެންގުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެގޮތުން ތޫނު ހަތިޔާރު ގެންގުޅުނު މައްސަލައިގައި އައްޑޫ މީދު އަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނަކާއި ގދ. ހޯނޑެއްދު އަށް ނިސްބަތްވާ 33 އަހަރުގެ ޒުވާނެކެވެ.

އެ ދެ މީހުން ވެސް ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެެ.

އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން 33 އަހަރުގެ މީހާގެ އަތުން ކަނޑިއަކާއި، ވަޅިއެެއްގެ އިތުރުން އަދި މި މީހުން ތިބި ދިމާ ބިންމައްްޗަށް ވައްޓާލި ސާޖިކަލް ނައިފް މާސްކެއް ވެސް ފެނިފައިވެ އެވެ.

މި މައްސަލައިގައި ހިމެނޭ 21 އަހަރުގެ މީހާ ބުނެފައިވާ ގޮތުގައި މިކަމުގައި އޭނާގެ ބައިވެރިވުމެއް ނެތެވެ.

ނަމަވެސް ދެ މީހުންނަކީ ކުރިން ވެސް ހައްޔަރާއި ބަންދުގެ ރެކޯޑްތަކެއް އޮތް ބައެކެވެ.