Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

65 ބައިވެރިންނާ އެކު ދައުރާ އިސްލާމިއްޔާ ނިންމާލައިފި

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި "ދައުރާ އިސްލާމިއްޔާ"' ގެ އެންމެ ފަހުގެ ބުރު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މި މަހުގެ 12 އާއި 13 އަށް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ދައުރާ އަކީ މިނިސްޓްރީ އާއި ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ބޭއްވި އިލްމީ ދައުރާއެކެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދައުރާގެ ދަންފަޅިތައް ނަންގަވައިދެއްވީ ސަޢުދީން ވަޑައިގެންނެވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ބަދުރު ޙަމަދުއް ދައުލީ އެވެ.

މި ދައުރާގައި ޢިލްމީ އެކި ކަންކަމާއި ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެ އެވެ. މި ދައުރާގައި ދީނީ ޢިލްމުވެރިންނާއި، ޚަޠީބުންނާއި، އިމާމުން ހިމެނޭހެން 65 މީހަކު ބައިވެރިވެފައިވެ އެވެ. ބައިވެރިންނަށް ސެޓްފިކެޓް ވެސް ދީފައިވެ އެވެ.

މީގެ ކުރިން އަޤީދާއާ ގުޅޭ ތިން ދައުރާއެއްް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.