Last Updated: July 17, 23:49
Thursday, July 17, 2025
މުނިފޫހިފިލުވުން

ލަވަކިޔުންތެރިޔާ އަރިޖިތު ޑައިރެކްޝަނަށް

އިންޑިއާގެ މިހާރުގެ އެންމެ ކާމިޔާބު ފިރިހެން ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ

ބޮލީވުޑް ހަންގާމާ އިން މިއަދު ބުނީ މިއީ ޕްރޮޑިއުސަރު މަހާވީރު ޖެއިންގެ ކުންފުނި، މަހާވީރު ޖެއިން ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމެއް ކަމަށެވެެ. އެ ނޫހުން ބުނި ގޮތުގައި އަރިޖުތުގެ އަލަތު ފިލްމުގެ ނަމާއި ކާސްޓުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، އެ މަރުހަލާ ނިމުމާ އެކު، ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

ހަންގާމާ އިން ބުނީ މަގުބޫލު އެތައް ލަވައެއްގެ އަޑުގ ވެރިޔާގެ ފުރަތަމަ ފިލްމަކީ ޖަންގަލް އެޑްވެންޗާއެއް ކަމަށާއި މިއީ އިންޑިއާގެ ހުރިހާ ބަހުރުވައަކުން ވާހަކަ ދައްކާ މީހުންނަށް ހާއްސަކޮށްގެން ހަދަން ނިންމާފައިވާ ފިލްމެއް ކަމަށެވެ.

ލަވަ ކިޔައިގެން މިހާތަނަށް އެތައް އެވޯޑެއް ހޯދާފައިވާ އަރިޖިތު، 38، އަކީ ދެ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ފަންނާނެކެވެ. އޭނަ އަކީ މިހާރު ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔާ ފިރިހެން ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު ފަންނާނެވެ.

ގިނަ ބަޔަކު މިހާރު ދެކޭ ގޮތުގައި އަރިޖިތުގެ ލަވައެއް މިހާރު ފިލްމެއްގައި ނުހިމެނޭނެ ނަމަ އެ ފިލްމެއް ފުރިހަމައެއް ނުވާނެ އެވެ.