Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

ވިޒިޓް މޯލްޑިވްްސްގެ ކްރިއޭޓިވް ކޮންޓެންޓަށް ބަޔަކު ހޯދަނީ

ވިޒިޓް މޯލްޑިވްސްގެ އެމްޑީ އިބްރާހީމް ޝިއުރީ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާ މައި ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ކްރިއޭޓިވް ކޮންޓެންޓް ތައްޔާރުކޮށް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ އެތަނުން ދޭ މައުލާތުތަކާ އެެއްގޮތަށް އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަނީ އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

އެހެންޗެ ވިޒިޓް މޯލްޑިވްސް އަށް ކްރިއޭޓިވް ކޮންޓެންޓް ތައްޔާރުކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އޮފީހުގައި އޮންނާނެ އެވެ.