Last Updated: June 10, 00:02
Tuesday, June 9, 2026
ދުނިޔެ

އެންމެ ދުވަސްވީ ދުވުންތެރިޔާ އެކްސިޑެންޓެއްގައި މަރުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ މެރެތަން ދުވުންތެރިޔާ ކަމަށް ބެލެވޭ ފައުޖާ ސިންގް މަގުމަތީގެ އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ 114 އަހަރުގެ ސިންގް އިއްޔެ މަރުވީ އިންޑިއާގެ ޕަންޖާބްގައި އޭނަ ދިރިއުޅޭ ބީސް ޕިންޑް އަވަށުގެ މަގެއްގެ ހުރަސް ކުރަނިކޮށް ވެހިކަލަކުން ޖެހިގެން ކަމަށެވެ. ސިންގް މަރުވީ އެ ހާދިސާއާ ގުޅިގެން ބަޔަކު އޭނަ ނަގައިގެން ގޮސްޕިޓަލަަށް ގެންދިޔަ ފަހުން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ސިންގް ގައިގައި ޖެހުނު ވެހިކަލް ދުއްވި މީހާ ހޯދުމުގެ މަސައްކަތް ޕަންޖާބްގެ ފުލުހުން އަންނަނީ ކުރަމުންނެވެ.

ސިންގް އަކީ މިހާތަނަށް ވަރަށް ގިނަ މެރަތަންތަކެއްގައި އެކި ކެޓަގަރީތަކުން ވާދަކޮށް މެޑަލް ހާސިލުކޮށްފައިވާ މީހެކެވެ. އޭނަ މެރަތަންތަކުގައި ވާދަކުރަން ފެށީ ސިންގް އުމުރުން 89 ގަ އެވެ. އެގޮތުން 2000-2013 އާ ހަަމައަށް މެރަތަންތަކުގައ ވާދަކޮށްފައިވެ އެވެ.

ސިންގް އަކީ ދުވުމަށް ހާއްސަ ކުލަބެއް ވެސް ހިންގަމުން އައި މީހެކެވެ.