Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

އެޗްއާރްސީއެމްގެ މެންބަރުކަމަށް އަލުން ހުޅުވާލައިފި

އެޗްއާރްސީއެމް - ފޮޓޯ: ރާއްޖެއެމްވީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ދެ މެންބަރެއްގެ މަގާމު ހުސްވާތީ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި އެވެ.

އެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މި މަހުގެ 30 އާއި ހަމައަށެވެ.

ރައީސް އޮފީހުން ބުނީ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށެވެ. އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު 8، ގައި ހަމަވަނީ އެ ކޮމިޝަނުގެ ނައިބުރައީސް މޫމިިނާ ވަހީދާއި އާމިނަތު ޝިފާތު އަބްދުއް ރައްޒާގުގެ އެވެ.