އަބްދުއްރަހުމާން އާދަމްގެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އއ. މާޅޮހަށް އުފަން އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނީ މިދިޔަ ހޮނިހިރުގެ މެންދަމު އެވެ. އޭނަ އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިވާ އިރު، ހަށިގަނޑު ވަނީ އޮޓޮޕްސީ ހަދަން އާދީއްތަ ދުވަހުގެ ރޭ މާލެ ގެންގޮސްފަ އެވެ.
އަދި މިހާރު އޮޓޮޕްސީ އަށް ހަށިގަނޑު އިންޑިއާ އަށް ފޮނުވާފައިވާ ކަމަށް އެނގިފައިވެ އެވެ.
އަބްދުއްރަހުމާންގެ މަރާ ގުޅިގެން މާޅޮހުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިފައިވާ އިރު، އެ މަރާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް ހަރަކާތްތެރިވެފައިވެ އެވެ.