ރާއްޖޭގެ މައިދޮރޯށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް 'ރީތި ކަމަށް ވާނީ' އެ ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު ކުރިއަރައި، ރާއްޖެ ޖެހިފައިވާ ”ދަރަނީގެ ދަންތުރަ“ އިން ސަލާމަތްވާ ނަމަ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހު އެ ޓާމިނަލް ހުޅުވަން ނިންމައި، އެކަމަށް ބާއްވާ ރަސްމީއްޔާތަށް ރާއްޖޭގެ ހުރިހާ ރައީސުންނަށް ދައިވަތު ވެސް ދީފައި ވަނިކޮށް މިއަދު އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގޮތުގައި، ކޮންކްރީޓާއި ބިއްލޫރި އަދި ޕްލާސްޓިކްގެ ބޭނުންކޮށްގެން އިމާރާތް ކުރުމަކީ ކުރިއެރުން ކަމަށް ދެއްކުމަކީ ހަނި ވިސްނުމެއް ކަަމަށެވެ.
Concrete, bihloori adhi plastic ge avaigai jehi, eie tharahgee kamah dhekenee nama eie hani visnumeh. Velaanaa airport ge aa terminal ves reethi vaanee, valhi reethee thoonu kamah bunaa misaaluga. Aa airport ge sababun Touristun annavaru ithuruvaa minvaraai igthisoadhu kuri araa,…
— Mohamed Nasheed (@MohamedNasheed) July 16, 2025
އެ މަނިކުފާނު ވިދާޅުވީ، ހަމައެކަނި ބޭރުފުށުން ރީތިކޮށް އިމާރާތް ކުރުމަކުން އެއީ ހަގީގީ ތަރައްގީއެއް ވެސް ނޫން ކަމަށެވެ.
"ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލްވެސް ރީތި ވާނީ ވަޅި ރީތީ ތޫނުކަމަށް ބުނާ މިސާލުގައި." ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އާ ޓާމިނަލްހެ ސަބަބުން ޓޫރިސްޓުން އަންނަވަރު އިތުރުވެ، ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަ ނަމަ ވެލާނާ އެއާޕޯޓް "ވަރަށް ރީތި" ކަމަށެވެ.