Last Updated: July 18, 10:06
Friday, July 18, 2025
ޚަބަރު

ދަރިންނަށް ހަރަދު ނުދޭ މީހުންގެ ފޮޓޯ އާންމު ކުރަނީ

ދަރިންނަށް ހަރަދު ނުކުރާ މީހުންގެ ފޮޓޯ އާއި ވަނަވަރު ފެމިލީ ކޯޓުން އާއްމުކުރަން ފަށައިފިއެވެ.

އެގޮތުން ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން މިއަދު ވަނީ ދަރިންނަށް ހަރަދު ނުދޭ މީހެއްގެ މައުލޫމާތު ފޮޓޯއާއެކު އާއްމުކޮށްފަ އެވެ. މީގެ ކުރިން ބައެއް މެޖިސްޓްރޭޓް ކޯޓްތަކުން ވެސް އެފަދަ މީހުންގެ މައުލޫމާތު އާންމުކޮށްފައިވެ އެވެ.

އާއިލާއާ ބެހޭ ގަވައިދު މިހާރު އެކުލަވާލާފައި އޮތް ގޮތުން ދަރިންނަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމު ކުރެ އެވެ.