Last Updated: July 18, 10:34
Friday, July 18, 2025
ޚަބަރު

މައިޒާންތަކުގެ ތަކެއްޗަށް ގެއްލުންވާތީ މީދޫން ނޯޓިހެއް!

މީދޫގެ ކުޑަކުދިންގެ ޕާކްގައި ކުދިންތަކެއް ހަރަކާތްތެރި ވަނީ. ފޮޓޯ/ މީދޫ އަވަށު އޮފީސް

އައްޑޫ މީދޫގެ އެކި ސަަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ފިނި މައިޒާންތަކާއި ޕާކް ފަދަ ތަންތަނުގައި ހުންނަ ތަކެއްޗަށް އެތަންތަނަށް ދާ ކުދިންގެ ފަރާތުން ގެއްލުންވާތީ އަވަށު އޮފީހުން ކަންބޮޑުވުން ފާޅުކޮށް ނޯޓިހެއް ނެރެފި އެވެ.

އޭގައި ބުނީ މައިޒާންތަކުގައި ބަހައްޓާފައި ހުންނަ އުނދޯއްޔާއި ގޮނޑި ފަދަ އެއްޗިއްސަށް ކުދިން ކޮޅަށް އަރައި ދުވުމާއި ޕާކްގައި ހުންނަ ތަކެެއްޗާ އެކަށީގެން ނުވާ ވަރަށް ކުދިން އެއްފަހަރާ ބޭނުން ކުރުމާއި ބަހައްޓާފައިވާ ތަކެތި ބޭނުން ކުރަން އެކަށީގެން ނުވާ ގޮތްގޮތަށް ބޭނުން ކުރާ ކަމަށެވެ.

މިފަދަ ކަންކަން ހިނގަމުންދާ އިރު، ކުދިން ގޮވައިގެން މައިޒާންތަކާއި ޕާކް ފަދަ ތަންނަށް ދާ ބެލެނިވެރިން، އެފަދަ ކަންކަން ނުހުއްޓުވާ ކަމަށް ވެސް މީދޫ އަވަށު އޮފީހުން ބުންޏެވެ.

"އާންމު ތަންތަނުގައި ކުދިން އުޅެންވާ ރަނގަޅު ގޮތްތައް ކުދިންނަށް ބުނެ ދީގެން އެތަންތަނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަމާ. ނޯޓިހުގައި ބުންޏެވެ.

އަވަށު އޮފީހުން ބުނީ މައިޒާންތަކާއި ޕާކް ފަދަ ތަންތަނުގައި ހުންނަ ތަކެތި ގިނަ ދުވަހަށް ބޭނުން ވެސް ކުރެވޭނީ އެތަންތަނުގެ ބޭނުން ހިފަން ޖެހޭ ގޮތަށް ހިފައިގެން ކަމަށެވެ.