މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބޭހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މެޓް އިން ބުނީ މާދަމާ އިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށާއި، އަދި ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ދުވަސްތަކުގައި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެ، ކަނޑުތަކާއި ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. އަދި ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑީތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް މެޓް އިން ވަނީ ލަފާ ކޮށްފަ އެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާއިބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއިއެކު މޫސުމަށް ސަމާލު ވުމަށް މެޓް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.