Last Updated: July 18, 10:21
Friday, July 18, 2025
ރިޕޯޓް

ނުރަ އިސްތަށީގެ އިންޒާރު!

އިޔާސް ބިން ޤަތާދާ އައްތަމީމީ އަކީ އެކަލޭގެފާނުގެ ޤައުމުގެ ވެރިމީހާ އެވެ. އެއް ދުވަހަކު، އިޔާސް އަށް ކުޑަ އެއްޗެއް ފެނިލައްވައިފި އެވެ. މީހުންގެ ނަޒަރުގައި އެއީ ވަރަށް ކުޑަ ކުޑަ އާދައިގެ އެއްޗެކެވެ. ނަމަވެސް އިޔާސް އަށް އެ ވެލެއްވީ ވަރަށް ބިރު ހުރި އެއްޗެއް ކަމުގަ އެވެ. އެކަލޭގެފާނަށް ފެނިލެއްވީ އެކަލޭގެފާނުގެ ތުނބުޅިފުޅުން ނުރަ އިސްތަށްޓެކެވެ. އެ ފެނިލެއްވުމުން އެކަލޭގެފާނަށް ވެސް ނުވެނުދާނެ މަރުގެ މަތިން އެކަލޭގެފާނަށް ހަނދާންކޮށް ދީފި އެވެ.

ވަޤުތުން އެކަލޭގެފާނު މާތް ﷲ އަށް ދުޢާކުރެއްވި އެވެ. "އޭ ﷲއެވެ. ކުއްލި މަރުން އިބަ ﷲގެ ޙަޟްރަތުން ރައްކާތެރިކަން އެދެމެވެ. މަރު ތިމަން އަޅާ ފަހާ އަންނަކަމާއި، އެއިން ރައްކާ ނުވެވޭނެކަން މި އަޅާއަށް އެނގިއްޖެ އެވެ."

އެއަށްފަހު، އިޔާސް މީހުންގެ ތެރެއަށް ނުކުމެ ވަޑައިގެން އެންމެންނަށް އިޢުލާންކުރެއްވިއެވެ.

“ބަނޫ ތަމީމްގެ އަހުލުވެރިންނޭވެ! އަހަރެންގެ ޒުވާންކަން ތިޔަބައިމީހުންނަށް ޚިދުމަތްކުރުމަށް ހޭދަކުރީމެވެ. އޭގެ ބަދަލުގައި އަހަރެން އެދެނީ އަހަރެންގެ މުސްކުޅިކަމުގައި އަހަރެން އަމިއްލަ އަށް އުޅުނަ ދިނުމަށެވެ. މަރު ގާތްވަމުން އަންނަނިކޮށް، މުޅި ދުވަހު އެކި ކަންކަމުގައި މަސައްކަތްކުރާ ޙިމާރެއް ފަދައިން ވާކަށް ތިމަންކަލޭގެފާނު ނޭދެމެވެ.”

ދެން އެކަލޭގެފާނު، އެކަލޭގެފާނުގެ ފަގުޑިކޮޅު ބާލުއްވައި ވެރިކަން ދޫކޮށްލެއްވިއެވެ. ޙަޔާތުގެ ބާކީ ދުވަސްތައް ވެރިކަމާއި ސިޔާސަތުން ދުރުވެ، ވެރިންނާ ދުރުގައި އުޅުއްވަން ފެއްޓެވި އެވެ. ނަމަވެސް މުޖުތަމަޢަށް އެއްވެސް ފައިދާއެއް ނެތް މީހެއްގެ ގޮތުގައި ނުހުންނަވަ އެވެ.

އެކަލޭގެފާނު ދެން އަދާކުރެއްވީ މިސްކިތުގެ މުއައްޛިން (ބަންގި ގޮވާ މީހާ) ގެ މަސްޢޫލިއްޔަތެވެ.

މަޞްދަރު: އިލްމު.އެމްވީ