Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އައްޑޫ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަނީ

އައްޑޫ ސިޓީ ކައުންސިލުން އަންނަ ހަފުތާގައި ރައްޔިތުންނާ ބައްދަލު ކުރަން ނިންމައިފި އެވެ.

ކައުންސިލުން ބުނީ އެ ބައްދަލުވުން އޮންނާނީ 24 ވަނަ ދުވަހުގެ ރޭ 8:30 ގައި ކައުންސިލް އިދާރާގެ ހޯލުގައި ކަމަށެވެ.

ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި ވާޗުއަލްކޮށް ބައިވެރިވާން ބޭނުންވާ ލިންކް ކައުންސިލް އިދާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަހުން ހިއްސާ ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

މި ބައްދަލުވުމަކީ ކުރިއަށް އޮތް އަހަރަށް ކައުންސިލްގެ ބަޖެޓްގައި ހިމަނަން ޖެހޭ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ބާއްވާ ބައްދަލުވުމަކަށްވާތީ ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.

އާންމުކޮށް ކައުންސިލުން، ރައްޔިތުންނާ ބައްދަލު ކުރަން ބާއްވާ ބައްދަލުވުންތަކަށް މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ.