Last Updated: July 17, 23:49
Thursday, July 17, 2025
މުނިފޫހިފިލުވުން

އެމާގެ ލައިސަންސް 6 މަހަށް ހިފަހައްޓައިފި

ގަވާއިދާ ހިލާފަށް ބާރު ސްޕީޑްގައި ކާރު ދުއްވި މައްސަލައަކާ ގުޅިގެން އިނގިރޭސިވިލާތުގެ މަޝްހޫރު ބަތަލާ އެމާ ވަޓްސަންގެ ލައިސަންސް ހަ މަހަށް ހިފަހައްޓައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ހެރީ ޕޮޓާ" ފިލްމު ސީރީޒްގައި ހަމައިން ގްރޭންޖާގެ ރޯލު ކުޅެގެން އާންމުންގެ ސަމާލުކަން ހޯދި، މިހާރު އުމުރުން 35 އަހަރުގެ ބަތަލާގެ ލައިސަންސް ހަ މަހަށް ހިފަހައްޓައި، 1،044 ޕައުންޑުން މިއަދު ޖޫރިމަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު އޮކްސްފޯޑްގައި ބާރު ސްޕީޑްގައި ދުއްވި މައްސަލައިގަ އެވެ.

ހައި ވައިކޮމްބް ކޯޓުން މިއަދު މި ގޮތަށް ނިންމީ އެމާގެ ޢައިރު ހާޒިރުގައި ބޭއްވި އަޑުއަހުމެއްގަ އެވެ.

ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި 2017 ގެ ފިލްމު "ބިއުޓީ އެންޑް ދަ ބީސްޓް" ވެސް ކުޅުނު އެމާ އަންނަނީ 2023 އިން ފެށިގެން އޮކްސްފޯޑް ޔުނިވަސިޓީގައި ކްރިއޭޓިވް ރައިޓިން އިން މާސްޓާސް ޑިގްރީ އަށް ކިޔަވަމުންނެވެ.

އެމާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ލިޓްލް ވިމެން" އެވެ.