Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

ޔޫކޭއާ އެކު އޮތް ގުޅުން ހަރުދަނާކުރަން އިސްކަން ދޭނަން

އިނގިރޭސިވިލާތާއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރަން ރާއްޖެއިން އިސްކަންދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިނގިރޭސިވިލާތާއި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭޕީޕީޖީ)ގެ ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް ވިދާޅުވީ ދެޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަކީ އިޙްތިރާމާއި، އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށާއި، މިގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އިސްކަންދޭނެ ކަމަށެވެ.

އަދި، ރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާއާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި، ދިފާޢީ ދާއިރާ ހަރުދަނާކުރުމާއި، މިދާއިރާތަކުން ކެޕޭސިޓީ އިތުރުކުރުމުގައި އިނގިރޭސިވިލާތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން، ތަޢުލީމާއި ސަގާފީ ރޮގުން ދެޤައުމުގެ މެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށްވެސް ރައީސް ބައްލަވާލައްވާފައިވެ އެވެ. އެގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި އޭޕީޕީޖީ އިން އަދާކުރަމުންދާ ދައުރަށް ފުރިހަމަ އިތުބާރުއޮތް ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރައްވާފަ އެވެ.