Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

މިޔަރާއި މަޑީގެ އާބާދީ ދެނެގަންނަން ސާވޭއެއް

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައި ހާއްސަ ސާވޭއެއްގެ މަސައްކަތްކޮށްފި އެވެ.

މި މަހުގެ 3 ވަނަ ދުވަހު ފެށި ސާވޭގެ މަސައްކަތް ނިންމައިލީ އިއްޔެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މި ސާވޭ އަކީ ގްލޯބަލް ފިންޕްރިންޓް ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް މެރިން ރިސާޗް ސެންޓަރާއި މޯޓޭ މެރިން ލެބް ގުޅިގެން ފެށި ސާވޭއެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ސާވޭގެ މައިގަނޑު ބޭނުމަކީ ފަރުމަހާއި މިޔަރުގެ އިތުރުން މަޑީގެ އަބާދީ ދެނެގަތުމެވެ.

މި ސާވޭގައި ބެއިޓްޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ ސިސްޓަމްސް (ބީއާރުޔޫވީއެސް) ބޭނުންކޮށްފައިވެ އެވެ.