ޖަމިއްޔާތަކަށް ދޭ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލާން ދިން އެންމެ ފަހު ވަގުތު މިއަދު ހަމަވާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
ކުރިން ދިން މުއްދަތު އިތުރުކޮށް، އެވޯޑަށް ކުރިމަތިލާން ދިން ސުންގަޑި ހަމަވާނީ މިއަދު މެންދުރު ފަހު 1:00 އަށެވެ. އެވޯޑަށް ނަން ހުށަހަޅާ ފޯމް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ އެވެ.
ޖަމިއްޔާތަކަށް 9 ދާއިރާއަކުން އެވޯޑް ދޭން ނިންމާފައިވެ އެވެެ.
* އެމްޕަވާމަންޓް އޮފް ވޮމެން، ޗިލްޑްރަން، އެންޑް ޔޫތު
* ސަޕޯޓް ފޯ ޕީޕަލް ވިތު ޑިސޭބިލިޓީސް
* އެޑިއުކޭޝަން އެންޑް ލައިފްލޯންގް ލާނިންގް
* އިކޮނޮމިކް އެމްޕަވާމަންޓް އެންޑް ޕްރޮޑަކްޓިވިޓީ
* ޑްރަގް ޕްރެވެންޝަން އެންޑް ކޮމިއުނިޓީ ސޭފްޓީ
* ޕްރިޒާވޭޝަން އޮފް ކަލްޗާ، ލޭންގްވޭޖް. އެންޑް ހެރިޓޭޖް
* ޕްރޮމޯޝަން އޮފް އާރޓްސް، ކްރިއޭޓިވިޓީ، އެންޑް އައިސީޓީ
* އެންވާރަމަންޓަލް ޕްރޮޓެކްޝަން އެންޑް ކްލައިމެޓް އެކްޝަން
* ހެލްތު އެންޑް ވެލްބިއިން ޕްރޮމޯޝަން
މި އެވޯޑަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްއިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާތަކަށް ދޭ އެވޯޑެކެވެ.
މި އެވޯޑްގެ ސަބަބުން ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.