Last Updated: July 18, 10:06
Friday, July 18, 2025
ޚަބަރު

ހޮޅިއެއް ވަގަށް ނެގި ދުވަސްވީ ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ދަގަނޑު ހޮޅިއެއް ވަގަށް ނެގި މައްސަލައެއްގައި އުމުރުން ދުވަސްވީ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 52 އަހަރުގެ މީހަކާއި 51 އަހަރުގެ މީހަކެކވެ. އޭގެ ތެރެއިން އެކަކީ އައްޑޫ މީހެކެވެ. އަނެއް މީހާ އަކީ އއ. މަތިވެރީ މީހެކެވެ.

ހޮޅި ވަގަށް ނެގި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވެ އެވެ.

އެ މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުގައި ދެ މީހުންނަކީ ކުރިން ވެސް ބަންދު ރެކޯޑްތަކެއް އޮތް ދެ މީހުންނެވެ.