ތައިލޭންޑްގެ ފާދިރީންތަކަކާ ލޯބީގެ ގުޅުންތަކެއް ބާއްވައި އެ މީހުންނާ އެކު ޖިންސީ ގުޅުންތަކެއް ހިންގައި ފޮޓޯ އާއި ވީޑިއޯކޮށް އެ ތަކެތި ބޭނުކޮށްގެން ގިނަ އަދަދެއްގެ ފާދިރީންތަކެއް ބްލެކްމެއިލް ކުރަމުން ދިޔަ އަންހެނަކު ހައްޔަޔަރުކޮށްފި އެވެ.
ތައި ފުލުހުން އަންގާރަ ދުވަހު ބޭއްވ ނޫސް ކޮންފަރެންސެއްގައި ބުނީ އަންހެން މީހާ ހައްޔަރުކޮށް، އޭނަގެ ފޯނު އަތުލައި، ބެލިބެލުމުން ފާދިރިންނާ އެކު ނަގާފައިވާ 80،000 އަށް ވުރެ ގިނަ ފޮޓޯ/ވީޑިއޯ ފެނިފައިވާ ކަމަށެވެ.
މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، ރަސްމީ ނަން ހާމަނުކޮށް ފުލުހުން 'މިސިޒް ގޮލްފް' ގެ ނަމުން ނިސްބަތްކުރާ އަންހެން މީހާ، ފާއިތުވި ތިން އަހަރުގެ ތެރޭގައި ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ފާދިރީންތަކެއް ބްލެކްމެއިލްކޮށް، އެ މީހުންގެ އަތުން 385 މިލިއަން ބާތު (11.9 މިލިއަން ޑޮލަރު) ފޭރިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަންހެން މީހާގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. އޭނަގެ މައްޗަށް މިހާރު ވަނީ ބިރު ދެއްކުމާއި މަނީ ލޯންޑްރިން އާއި ހައްގު ނޫން މުދާ ހޯދުމުގެ ދައުވާކޮށްފަ އެވެ.
އަންހެނަކު ފާދިރީންތަކަކާ ގުޅުން ހިންގައި ބްލެކްމެއިލްކުރި މައްސަލަތަކެއް ބަލަން ފެށި އިރު،.ތައިލޭންޑްގެ ބުޑިސްޓް ފާދިރިން ނަހަމަ ގުޅުންތައް ހިންގުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ މައްސަލަތައް މި ފަހުން ވަރަށް ބޮޑަށް ފެންމަތިވެފައިވެ އެވެ.
މިފަދަ މައްސަލަތަކާ ގުޅިގެން ފުލުހުން މިހާރު ވަނީ ފާދިރިންނާ ގުޅޭ މައްސަލަތައް ރިޕޯޓްކުރަން ހޮޓްލައިނެއް ވެސް ގާއިމުކޮށްފަ އެވެ.