Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޕޯސްޓްމޯޓަމް ހަދަން އަބްދުއްރަހުމާންގެ ހަށިގަނޑު އަދި ނުފޮނުވާ

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ފޮނުވަން ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު ކަމަށް ފުލުހުން ބުނެފި އެވެ.

އޭނަގެ މަރާ ގުޅިގެން ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް، ހަށިގަނޑި މާލެ ގެންދިޔައީ އާދީއްތަ ދުވަހުގެ ރެ އެވެ.

އަބްދުއްރަހުމާން، 65، މަރާލާފައި ވަނީ ގޭގައި ނިދާފައި އޮއްވައި އަނިޔާވެރިކޮށް ދިން ހަމަލާއެއްގަ އެވެ. އެގޮތުން އޭނަގެ ބޮލުގައި އެއްޗަކުން ޖަހައި، ބޯ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެ އެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު އެވެ، އަދި ދުވަހު ހެނދުނު ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް، އެ ރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ރަށަށް އަރައި ފައިބާ މީހުން އަންނަނީ މޮނިޓަކުރަމުންނެވެ.

ނަމަވެސް އަބްދުއްރަހުމާންގެ މަރާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.