Last Updated: July 19, 10:47
Saturday, July 19, 2025
މުނިފޫހިފިލުވުން

މީޑިއާނެޓުން 'ފްރީ ޑެލިވަރީ'

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" މީޑިއާނެޓުން ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

ދެހާސް ތޭވީހުގެ ނޮވެމްބަރު 4 ގައި އޮލިމްޕަހުގައި ޕްރީމިއާކުރި މި ފިލްމު މީޑިއާނެޓްގެ ސްޓްރީމިން ޕްލެޓްފޯމް، ވީޑިއޯކުލަބުން ޕްރީމިއާ ކުރަން ނިންމާފައި ވަނީ މި މަހުގެ 31 ގަ އެވެ.

"ފްރީ ޑެލިވަރީ" އަކީ ކަޒްމިކް އިންޓަނޭޝަނަލް އަށް އިއްލެ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގެ މީގެ މައިގަނޑު ކާސްޓުންނަކީ ތާތި އާދަމާއި ރައުފަތު ސޯދިގާއި އައިޝާ އަލީ އާއި އަހުމަދު ޝާރިފްގެ އިތުރުން ވާޝިޔާ މުހައްމަދެވެ.

"ފްރީ ޑެލިވަރީ" ގެ އައިޓަމް ލަވަތަކަކުން މަޝްހޫރު ތަރިން ކަމަށްވާ އަލީ ސީޒަނާއި އައިޝަތު ރިޝްމީ ވެސް ހިމެނެ އެވެ.

މި ފިލްމު ސްޓްރީމިން އަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، އިއްލެގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 6 ގައި އޮލިމްޕަހަށް ގެންނަން ތައްޔާރުވަމުން އަންނަ "ލޯބިން" އެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ބިރުވެރި ފިލްމު "ކަންބަޅި" އެވެ.