ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް މި އަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި އެސްޑީއެފަށް މި މަހުގެ 15 އާ ހަމައަށް އަހަރު 1.09 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފަންޑްގައި ހުރީ 708.9 މިލިއަން ރުފިޔާ އެވެ. އެހެންވެ މިއީ 54.4 ޕަސެންޓްގެ އިތުރުވުމެކެވެ.
އެސްޑީއެފަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލުކަން ހޯދަން އުފެއްދި ފަންޑެކެވެ، މި ފަންޑް އުފެއްދީ 2017 ގަ އެވެ.
އަދި އެ އަހަރުން ފެށިގެން އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާއިންނެވެ.