Last Updated: July 19, 10:47
Saturday, July 19, 2025
ޚަބަރު

ވިލުފުށީގައި ފިހުނު މީހާ އަދިވެސް ހޮސްޕިޓަލްގައި

މިދިޔަ މަހުގެ ތެރޭގައި ތެޔޮދޯނީގައި ރޯވެގެން ފިހުނު މީހާ އަދިވެސް އޮތީ އައިޖީއެމްއެޗްގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހާދިސާގައި ހަށިގަނޑުގެ 37 ޕަސެންޓް ފިހުނު ދޯނީގެ ވެރިޔާ މަހުމޫދު މުހައްމަދު، 50، އަށް މިހާރު ފަރުވާ ދެމުން އަންނަނީ ވޯޑްގަ އެވެ. އޭނަ ވޯޑަށް ބަދަލުކުރީ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު އެވެ.

މަހުމޫދުގެ ތެޔޮދޯނީގައި ރޯވީ މިދިޔަ މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި އޭނައާ އެކު ދޯނީގައި މަސައްކަތްކުރާ ބިދޭސީއަކު ވެސް ފިހުނެވެ. ނަމަވެސް އެ މީހާ އަށް ބޮޑު ގެއްލުމެއް ނުވެ.

ދޯނީގައި ރޯވީ ފުލްކޮށް ޕެޓްރޯލް ހުއްޓައި އިންޖީނު ޖެއްސުމާ ގުޅިގެންނެވެ. ހާދިސާގައި އިތުރު ދޯންޏެއް ވެސް އެނދި އެވެ.