ޖައިކާގެ ފަރާތުން ދޫކުރާ ޖޭޑީއެސް ސްކޮލަޝިޕްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އިން ދަ ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) ގްރާންޓްގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދެވެ.
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަލީ ހައިދަރެވެ. ޖައިކާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މރ. މޮޓޯ ޓަކީ އެވެ.
މި އެއްބަސްވުމުގެ ދަށުން ޖަޕާނުގެ ޔުނިވާސިޓީތަކުން މާސްޓާސް ޑިގްރީ ހާޞިލުކުރުމުގެ ހަ ފުރުޞަތެއް ރާއްޖޭގެ ސިވިލް ސާވިސް މުވައްޒަފުންނަށް ފޯރުކޮށް ދޭނެ އެވެ.
ޖައިކާގެ ޖޭޑ.އެސް ސްކޮލަޝިޕް ގްރާންޓްގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންނަށް މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ގްރާންޓްގެ ދަށުން، މިހާތަނަށް ޖުމްލަ 22 ދިވެހި ދަރިވަރުން ވަނީ ޖަޕާނުގެ ޔުނިވާސިޓިތަކުން މަތީ ތަޢުލީމު ހާޞިލުކޮށްފައިވެ ފައެވެ.