Last Updated: July 19, 11:02
Saturday, July 19, 2025
ޚަބަރު

މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް އެލާޓް ނެރެފި

އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ މެންދުރު 14:00 އިން ހަވީރު 18:00 އަށެވެ. އެލާޓްގައި ބުނެފައިވަނީ އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވާއިރު، ހއ. އިން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވެސް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްތަކުގައި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެ، ކަނޑުތަކާއި ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. އަދި ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑީތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް މެޓް އިން ވަނީ ލަފާ ކޮށްފަ އެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާއިބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއިއެކު މޫސުމަށް ސަމާލު ވުމަށް މެޓް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.