Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ވިނަރެސް ޓަވަރަކުން ވެއްޓުނު މީހަކަށް ފަރުވާދެނީ

ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓުތައް / ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި އަޅާފައިވާ ވިނަރެސް ފްލެޓުތަކުގެ ޓަވަރަކުން ވެއްޓުނު މީހަކަށް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ 18 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓިފައިވަނީ ވިނަރެސްގެ 8 ވަނަ ޓަވަރުން ކަމަށެވެ. އަދި އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި ހާދިސާގައި ވެއްޓުނު މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.