Last Updated: July 19, 11:02
Saturday, July 19, 2025
ޚަބަރު

މާފުށީ ޖަލުގެ 'ސަގާފީ ގޯތި' ޓޫރިސްޓުންނަށް ހުޅުވާލަނީ

ކ. މާފުށީ ޖަލުގެ ގޯތިތެރޭގައި ކަލްޗްރަލް ވިލެޖެއްގެ ގޮތުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ވަރަށް އަވަހަށް ޓޫރިސްޓުންނާއި އާންމުންނަށް ވެސް ހުޅުވައިލާނެ ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.

އެތަން ހިންގުމުގެ މަސައްކަތް މިއަދު ވަނީ ކަރެކްޝަންގެ ޕްރިޒަންސް ކްލަބާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއި ވެސްކޮށްފަ އެވެ.

މާފުށީ ޖަލުގެ “ދިވެހި ސަގާފީ ގޯތި” މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 29 ގައި ހުޅުއްވައ ދެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.

ކަރެކްޝަންސް އިން ބުނެފައިވާ ގޮތުގައި މާފުށީ ޖަލުގެ "ދިވެހި ސަގާފީ ގޯތީ" ގެ ބޭނުމަކީ ދިވެހި ޞަގާފަތް އާލާކޮށް ދިރުވުމުގެ އިތުރުން، ޖަލުގައި ޙުކުމް ތަންފީޛް ކުރަމުން އަންނަ ޤައިދީންނަށް ސަގާފީ މަސައްކަތްތައް ދަސްކޮށްދީ، ޤައިދީންގެ އުފެއްދުންތައް “ސަގާފީ ގޯތި” މެދުވެރިކޮށް ދައްކާލުމާއި، އެތަކެތި ވިއްކައިގެން އާމްދަނީއެއް ވެސް ލިބުމިގެ ފުރުޞަތު ހޯދަ އިދިނުމެވެ.

"ދިވެހި ސަގާފީ ގޯތި" ހަދާފައި ވަނީ އިހުގެ ދިވެހީންގެ އާދަކާދަ އާއި، ދިރިއުޅުމާއި މަސައްކަތްތައް ދައްކުވައިދޭ ގޮތަށެވެ.