ވަތަނީ ހިދުމަތަށް ބައިވެރިން ހޮވުމުގެ މަސައްކަތް އިތުރު ތިން ރަށެއްގައި ފަށައިފި އެވެ.
ޑިފެންސް މިނިސްްރީން މިއަދު ބުނީ އެ މަސައްކަތް މިއަދު ފެށި ތިންނ ރަށަކީ ށ. ފުނަދު އާއި ނ. މަނަދޫ ގެ އިތުރުން ތ. ވޭމަންޑޫ ކަމަށެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ނެގުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށި ސަރަޖައްދުތަކަކީ މާލެ އާއި އައްޑު އާއޮ ކުޅުދުއްފުއްޓާއި އދ. މަހިބަދޫގެ އިތުރުން ލ. ގަމުގަ އެވެ.
ބައިވެރިން ހޮވުމަށް ކުރިއަށް ގެންދާ މަރުހަލާގައި އިންޓަރވިއު އާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަ ކުރާނެ އެވެ.
ވަނީ ހިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރަށް 350 ބައިވެރިން ހޮވާނެ އެވެ.މި ޕްރޮގްރާމަށް ކުރިމަތިލާން އެޕްރީލް މަހުގެ ތެރޭގައި ހުޅުވައިލުމުން 1،244 ޒުވާނުން ކުރިމަތިލާފައިވެ އެވެ.
ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ މީގެ ދަށުން ބުރަކަށް ފަހު ބުރެއް ކުރިއަށް ގެންދާނެ ކަމަށެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ބޭނުމަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ.