Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ވިނަރެސް ޓަވަރުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެ

ވިނަރެސް ހައުސިން މަޝްރޫޢު / ފޮޓޯ: އާބަންކޯ

ހުޅުމާލޭގެ ވިނަރެސް ޓަވަރުގެ މަތިން މިއަދު ވެއްޓުނު ޒުވާނާ ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ 18 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓިފައިވަނީ ވިނަރެސްގެ 8 ވަނަ ޓަވަރުން ކަމަށެވެ. އަދި އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެ ޒުވާނާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.